ރާއްޖޭގެ ނުރަނގަޅު ކަންކަމުގެ އަސްލަކީ ވެރިކަން ހިންގަމުން އަންނަ ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް ދިމާވެފައި އޮތީ ވަކި ވެރިންގެ މައްސަލައެެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މައްސަލަ އަކީ ރިޔާސީ ނިޒާމެވެ.
"ޕާލިމަންޓަރީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި ޕްރެރެނަޝަލް [ގިނަ ވޯޓް ދެވޭ] ވޯޓިން އަށް ބަދަލުވެއްޖެ ނަމަ އެތައް ކަމެއް އިސްލާހު ވާނެ ކަމަށް ދެކެން." މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލާ އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވަވާ މީގެކުރިން ވެސް ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ.
މިހާރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތީން ނުލިބިއްޖެ ނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް އޮންނަ އޮތުން ބަދަލު ކުރުމަށް އެޓާނީ ޖެނެރަލް އޮފީހުން ޕްރިފަރެންޝަލް ނިޒާމެއްގެ ދިރާސާ ކުރަމުން އަންނަ ކަމަށް މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެމަނިިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދެބަނަ ބުރު އުވާލުމާއި ގުޅޭ ގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުންގެ ހިޔާލަކަށް އެދިވަޑައިގެންފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ