މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ބިންގާ އަޅައިފިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ހުސައިން އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބު އަހްމަފު ސާއިދު މުސްތަފާ މި ރަސްމިއްތާގައި ވާހަކަފުޅުދައްކަވާފައިވެއެވެ.
އެ ބޭފުޅުންގެ ވާހަކަފުޅުގައި، އެމްއައިއެފްސީ އިން ތައާރަފުކުރާ މާލީ އެއްބާރުލުމުގެ އާ ވިސްނުންތަކާއި، އެ މަރުކަޒުގެ އެހީގައި ތަސައްވަރުކުރައްވާ ކުރިމަގުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ