މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވައިޓް އެލާޓު ނެރެފިއެވެ.
މެޓުން ވަނީ 11 އަތޮޅަކަށް އެލާޓު ނެރެފައެވެ. އެއީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ.
އެލާޓު ނެރެފައި ވަނީ 14:30 އިން ފެށިގެން 20:30 އަށެވެ. އެ ވަގުތުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން ބުނީ އެވަގުތުގައި ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި އަދި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން އިއްޔެ ބުނީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށް ވާތީ މިއަދުން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ