ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާތަކުގެ އަޑުއެހުން ސިއްރުކުރަން ސިވިލް ކޯޓުން ނިންމައިފި އެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ސާޖިދާ ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށެވެ.
އެ މައްސަލައިގައި ސާޖިދާގެ ފަރާތުން އެދިވަޑައިގެންފައި ވަނީ އަޑުއެހުންތައް ލައިވްކޮށް ޓީވީން ވަގުތުން ދެއްކުމަށާއި އެ ތިން މައްސަލަ ވެސް އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.
ސިވިލް ކޯޓުން މިއަދު ނިންމީ ކުޑަކުއްޖެއްގެ މަސްލަހަތު އެ މައްސަލާގައި ހިމެނޭތީ އަޑުއެހުން ސިއްރު ކުރުމަށާއި ލައިވްކޮށް ނުދެއްކުމަށެވެ. ނަމަވެސް ސާޖިދާގެ ފަރާތުން އެދިވަޑައިގަތް ގޮތަށް އެ ތިން މައްސަލާގެ އަޑުއެހުން ވެސް އެއްކޮށް ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.
އެ މައްސަލާގައި ސާޖިދާގެ ފަރާތުން ވަނީ ފެމިލީ ކޯޓުގައި ވެސް ދައުވާކޮށްފަ އެވެ. އެ މައްސަލާގައި މަންދީ އާއި އެމްޑީޕީގެ އެހެން މެންބަރަކު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ