އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ.
އެމަނިކުފާނު ވަނީ ދާދިފަހުން ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފައެވެ.
"އަޅުގަނޑަކީ މިހާރު ދުވަސްވީ މީހެއް. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" އެ ދުވަހުގެ ޖަލްސާގައި ވިދާޅުވިއެވެ.
ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ނަމަވެސް، އަދި އެކަން ޖޭއެސްސީން ނިންމާފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
އުއްތަމަ ފަނޑިޔާރަކީ 2010ވަނަ އަހަރުން 2014ވަނަ އަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އުއްތަމަ ފަނޑިޔާރަކަށް ވަޑައިގަތީ 2019ވަނަ އަހަރުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ