ނޭދެވޭ ކަންކަމުން ކުޑަކުދިން ދުރުހެލި ކުރުވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުޑަކުދިން ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސް ފޮނުއްވި ހިތާބެއްގައި ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ، ގައުމުގެ އަދުގެ އުފާވެރިކަމާއި މާދަމާގެ ފޮނި އުންމީދުތައް ގުޅިގެން އަންނަ ހާއްސަ މުނާސަބާއެއް ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި އެކުދިން ތައްޔާރުވަމުން ދަނީ، މުސްތަގުބަލުގައި ގައުމުގެ ކަންކަމާ ހަވާލުވުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދިން ބޮޑެތިކޮށް، ދިވެހީންގެ ސިޔާދަތާއި، ކަރާމާތާއި، ތަމައްދުން ނަގަހައްޓަން އަރަފޯދޭ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ގައުމީ ވާޖިބެވެ،" ރައީސް މުއިއްޒުގެ ހިތާބުގައިވެއެވެ.
ގޭތެރެއާއި، މަގުމައްޗާއި، އެނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިހްތިރާމްކުރާ، އަދަބު އަހްލާގުން ޒީނަތްތެރިވެފައިވާ، ރީތި މާހައުލެއް ކުޑަކުދިންނަށް ދައްކަދޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތައުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދޭން ޖެހޭ ކަމަށާއި ދިވެހި ގައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ ގައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލޮބުވެތި ކުޑަކުދިންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، މިއީ އެ ކުދިންގެ އުމުރުގެ އެންމެ އަގުހުރި ދުވަސްތައްކަން ހަނދާން ބެހެއްޓުމެވެ. ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމެވެ. އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން އަޒުމް ކަނޑައެޅުމެވެ. ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވުމެވެ،" ރައީސް ވިދާޅުވިއެވެ.
އެ ހިތާބުގައި ކުދިންގެ މަންމަ ދެކެ ވާ ލޯބި، ގައުމުދެކެ ވުމަށް ވެސް ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ވަގުތު ބޭކާރު ނުކުރުމަށާއި ސިއްހީ އާދަތަކުގައި ހިފުމަށް ވެސް ނަސޭހަތްތެރިވެވަޑައިގަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ