ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅައިފިއެވެ.
އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އެގޮތަށް އޭނާ ހުށަހެޅުއްވީ މަޖިލީހުގައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ އަޒްމިރަލްދާ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ އިޖުރާއަތުތައް ފުރިހަމަކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވަމުންދާތީ، އަޒްމިރަލްދާގެ ފަރާތުން ފާހަގަ ކުރާ ކަންކަން ކޮމިޓީއަށް އެނގެންޖެހޭނެ ކަމަށެވެ. އަދި އެކަންކަމާ ޖޭއެސްސީން ޖަވާބުދާރީވާންޖެހޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެމްބަރުން ވިދާޅުވީ ކޮމިޓީގެ ހަމައެކަނި މަސްއޫލިއްޔަތަކީ ފަނޑީޔާރު ވަކިކުރަން ނިންމުމުގައި އިޖުރާއަތު ފުރިހަމަކޮށްފައިވޭތޯ ބެލުން ކަމަށާއި މީހުން ހާޒިރުކޮށްގެން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އޮތް ކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ތަހުގީގުކުރީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނާ މައްސަލައެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ