މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝައްމާން ވަހީދު، އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އޭނާ ދޫކޮށްލި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕީޖީން ބުނީ އެ މައްސަލައާ މެދު ކުރިޔަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
ޝައްމާންގެ އިތުރުން ދެން މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންނަށް ވެސް ދައުވާ ކުރަން ވަނީ ފޮނުވައިފައެވެ.
އެ މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފައި އެބަހުއްޓެވެ. އެ މީހުންނަކީ މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު އާއި ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާންއެވެ. އެމީހުން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 20ވަނަ ދުވަހުއެވެ.
ޝައްމާން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުވެސް ކުރިއެވެ. އެކަމަކު އެ ކޯޓުން ނިންމީ ބަންދު ކޮށްފައި ހުރީ ރަނގަޅަށް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ