ޤާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އެމްޑީޕީއިން ޔޫރަޕިއަން ޕާލަމަންޓާއި ޙިއްސާކޮށްފިއެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މިއަދު އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒްޑާ އާ ބައްދަލުކުރައްވައި، ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވަމުންދާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. ޝާހިދުގެ އަރިހުގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ބައިވެރިވެވަޑައިގަތެވެ.
ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތުވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާ ޑެލިގޭޝަނާ ހިއްސާކުރެއްވިއެވެ. ޝާހިދު ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އީޔޫގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. ބްރަސަލްސްއަށް ވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ލަންޑަނުގައި އިނގިރޭސި ޕާލަމަންޓުގެ ބައެއް ބޭފުޅުންނާއި އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއިވެސް ބައްދަލުކުރައްވާފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި