ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި މައްސަލަ ސަރުކާރު ހިންގާ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ނާކާމިޔާބުކޮށްލައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 12 މެމްބަރުންގެ ސޮޔާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައެވެ.
އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް 54 މެމްބަރަކު ވޯޓު ދެއްވިއެވެ. އެ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.
އެ މައްސަލާގައި މަޖިލީހުގައި މިއަދު ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ޔުމްނުގެ މައްސަލާގައި އޭނާގެ އާއިލާ މީހަކު ބައިވެރިވެފައި އޮތްކަން މިހާތަނަށް ތަހުގީގުން އެނގެން ނެތް ކަމަށެވެ. އަދި އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު އެ މައްސަލާގައި ޝާމިލުވާ ކަމަށް ބަޔަކު ބުނި ނަމަވެސް، އެކަމުގައި އެފަދަ ކުއްޖަކު ބައިވެރިވިކަން ފުލުހުން ނިންމާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުގެ އާއިލީ މީހަކު ޝާމިލުވާކަމަށް ތަހުގީގުން އަދި ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނެތް. އަދި ހާމަކޮށްފައިވާކަން އަޅުގަނޑަށް އެނގިފައެއް ވެސް ނެތް،" އަމީން ވިދާޅުވިއެވެ.
އާންމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އުމްނުއާ އެކު، ނުވަ ޒުވާނަކު މިދިޔަ މަހުގެ 18 ވީ ބުރާސްފަތި ދުވަހުގެ ރޭ ޕާޓީ ކުރީ މަސްތުވާތަކެތި ބޭނުންކޮށްގެންނެވެ. އެ މީހުން ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގައެވެ.
މިނިސްޓަރު އަމީން ދިރިއުޅުނު މާންދޫގޭގެ ދެކުނު ބައިގެ ބައެއް އެޕާޓްމެންޓުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލަމުން ދިޔަ ވަގުތު، އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މިނިސްޓަރު އަމީން ގުޅުއްވިކަން ވަނީ ފަޅާއަރާފައެވެ. އެކަން ފަޅާ އެރީ އޭރުގެ ކޮމިޝަނާ ޝުޖާއު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށް، އޭނާއަށް ގުޅުއްވިކަން ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރަށް ބުނެވުމުންނެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި