ރައްޔިތުންގެ ވޯޓުން އިންތިހާބުވާ މީހުން ރައްޔިތުންނަށް ވަކި ކުރެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައްޔިތުންގެ ޕޮޑްކާސްޓް" ގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ހަގީގީ މާނާގައި ރައްޔިތުން ބާރުވެރި ކުރުވަން ކަމަށެވެ. ރައްޔިތުންގެ ވޯޓުން މީހަކު އިންތިހާބުވުމަށްފަހު، އެ ދައުރެއްގެ ތެރޭގައި އެ މީހަކު އެއްވެސް ގޯހެއް ހަދައިފި ނަމަ، އެ މީހެއްގެ ގައިގައި ރައްޔިތުންނަށް އަތްނުލެވޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ކައުންސިލަރެއް ކަމުގައިވިޔަސް، މަޖިލިސް މެންބަރެއް ކަމުގައިވިޔަސް، އަދި އެއްވެސް މަގާމަކަށް ރައްޔިތުން އިންތިހާބު ކޮށްފައި ހުންނަ މީހަކު، އެ މީހަކު ރައްޔިތުންނަށް ވަކިކުރެވޭނެ ގޮތެއް ނެތް އަދިއެއް އިނގޭތޯ. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު. ނޫނިއްޔާ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލުކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކިކުރަން ބޭނުންވަންޏާ، ވަކިކުރުމުގެ ފުރުސަތު ލިބޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކަށްވީ ނަމަވެސް ގޯހެއް ހައްދަވައިފި ނަމަ، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ވަކި ކުރެވެން ޖެހޭނެ ކަމަށެވެ.
"އެ މީހުންނަށް ފުރުސަތު ލިބެއޭ އެބަ، އެ ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޭނުންވަންޏާ، އޭނަގެ މަގާމުން އޭނަ ދުރުކުރުން. ކުރުގޮތަކަށް ދަންނަވަންޏާ. އެ ފުރުސަތު އެބަ ލިބެންޖެހޭ. އެހެންނޫނިއްޔާ ނެތް މިއަކު، ހަގީގީ މާނައިގައި ރައްޔިތުން ބާރުވެރިކުރުވުމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، އެންމެ އިންސާފުވެރި ގޮތަކީ، ރައްޔިތުންނަށް އެންމެ ބާރު ލިބޭގޮތަކީ، ރައްޔިތުންގެ އަތަށް އެ ބާރު އަބަދުވެސް ލިބިފައި އޮންނަ ގޮތަށް އޮތުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ކީވެބާ ތިހުރިހާ އިންތިހާބީ މަޤާމުތަކެއްގެ ވާހަކަ ފާހަގަ ކުރިއިރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ނުގެންނެވީ. އެއީ ރައްޔިތުން އިންތިހާބު ކުރާ މަޤާމެއްކަން މަނިކުފާނު ހަނދުމަފުޅު ނެތުނީތޯ؟ އ.ހ
ރައީސް