ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމާލެއްވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މި ދައުރު ޖުމްލަ 32 ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.
އެ ޖަލްސާތަކުގައި ޖުމްލަ 59 ގަޑިއިރު މެންބަރުން ހޭދަ ކުރައްވާފައިވާ ކަމަށާއި މި ދައުރުގެ ތެރޭގައި 193 ކޮމެޓީ ބައްދަލުވުން ބާއްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ދައުރު ނިންމާލިއިރު 9 ބިލެއް ފާސްކޮށްފައިވާއިރު މަޖިލީހަށް ހުށަހަޅާފައިވާ މަސައްކަތްތަކުގެ 77 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ޗުއްޓީ އަށް ދިޔައިރު މި ދައުރުގެ ތެރޭގައި މަޖިލީހުން ނިންމި އެންމެ ބޮޑު އެއް ނިންމުމަކީ މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރުމުގެ މައްސަލައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ