ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ޔެލޯ އެލާޓު ނެރެފިއެވެ.
އެލާޓު ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ. އެލާޓު ނެރެފައި ހެނދުނު 7:30 އިން ފެށިގެން 11:30ގެ ނިޔަލަށެވެ. މެޓުން ބުނީ އެ ވަގުތުގައި ބޯކޮށް ވާރޭ ވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު މެޓު އޮފީހުން ވަނީ ކުރިޔަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް މޫސުން ގޯސް ވެދާނެ ކަމަށް ބުނެފައެވެ. މެޓުން އެގޮތަށް ބުނީ ހުޅަނގު މޫސުމުގެ ބާރު މި ދުވަސްވަރު ގަދަވެފައި ވާތީއެވެ.
މެޓުން ބުނެފައިވާ ގޮތުގައި އިއްޔެ އިން ފެށިގެން ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ