މ. މުލީގައި މިއަދު ހުޅުވިގެން ދިޔަ އެރަށުގެ އެއާޕޯޓު ވެގެން ދާނީ ރަށުގެ އިގްތިސޯދީ ދޮރާއްޓަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުލީ އެއާޕޯޓު ރަސްމީކޮށް މިއަދު ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓާއެކު ރަށަށް ފަތުރުވެރިކަން ވެސް އަންނަން ފަށާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެރަށުގެ ފަޅުން ދެ ރަށް ހިއްކައިގެން ހެދުމަށް ނިންމާފައިވާ ދެ ރިސޯޓަށް ވެސް މުލީ އެއާޕޯޓުގެ ސަބަބުން އެތައް ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މުލީ ރައްޔިތުން އެދޭ ގޮތަށް އެ ދެ ރިސޯޓުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މުލީ އެއާޕޯޓުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި މުލީގެ ރައްޔިތުންނަށް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން މުޅި އަތޮޅާއި އަތޮޅުގެ ތަރައްގީ އަށް ވެސް ފައިދާތައް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މުލީ އެއާޕޯޓަކީ މ. އަތޮޅުގައި ވެސް ހުޅުވިގެންދިޔަ ފުރަތަމަ އެއާޕޯޓެވެ. އެ އެއާޕޯޓު މިއަދު ހުޅުވިގެން ދިޔައީ 11 އަހަރުގެ މަސައްކަތުން ކަމަށާއި އެ މަޝްރޫއަށް 540 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުއްތަލިބު ވަނީ މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ