މާފަންނު ސަހަރާއިން ގަބުރު ނަގައި، ބިން ހުސްކުރުމަށްފަހު، އެތަނަށް މާފަންނު މައިޒާންގެ ނަން ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ބޮޑުމިނުގައި 36،153 އަކަފޫޓްގެ ސަހަރާއިން ގަބުރު ނެގުމުގެ މަސައްކަތަށް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު އަށް ވަނަ ދުވަހުއެވެ. އެ މަސައްކަތް 2.3 މިލިއަން ރުފިޔާއަށް ހަވާލު ކުރީ ލޭންޑް ސްކޭޕިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.
"އެތަނަކީ [މާފަންނު ސަހަރާއަކީ] މިހާރު އެއްކޮށް ކްލިއެރވެފައި. ފެނާ ޖެހެންދެން ހުރިހާ އެއްޗެއް ނެގި ސާފުކުރެވި، ދީނުގައި އޮންނަ ގޮތަށް ކަންތައްތައް ބަދަލުކުރެވިފައިވާ ތަނެއް. އެތަނަށް އަޅުގަނޑު ސަޖެސްޓް ކުރާ ނަމަކީ މާފަންނު މައިޒާން ގޮތަށް އެތަނުގެ ނަން ބަދަލުކުރަން،" މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލް ޖަލްސާގައި މާލެ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
މާފަންނު ސަހަރާގެ ނަން، މާފަންނު މައިޒާންގެ ނަމަށް ބަދަލު ކުރުމަށް އާޒިމް ހުށަހެޅުއްވުމުން، މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މާފަންނު މައިޒާން ތަރައްގީ ކުރަނީ އިވެންޓް ބޭއްވުމަށް 9،418 އަކަފޫޓްގެ ފެހި ސަރަހައްދަކާއި ވެލި އުސްގަނޑު ހުންނަ ގޮތަށް 3،367 އަކަފޫޓުގެ ފެހި ސަރަހައްދެއް ހުންނަ ގޮތަށެވެ. އަދި މައިޒާންގެ ތެރޭގައި ވޯކްވޭ ހަދާނެއެވެ.
މައިޒާން ވަށައިގެން، 295 ސައިކަލު ޕާކު ކުރެވޭނެ ޖާގައެއް ހަދާނެއެވެ. އަދި ތުރީ އޮން ތުރީ ބާސްކެޓް ކޯޓަކާއި ބަސް ސްޓޮޕަށް ޖާގައެއް ވެސް ހާއްސަ ކުރާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ