ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުން ސަރުކާރު ކުންފުނިތަކުގެ ބައިން ސްޓެލްކޯއަށް އެއްވަނަ ލިބިއްޖެއެވެ.
މޯލްޑިވްސް އެކްސްޕޯ އިން ވަނަތަކަށް ދިޔަ ފަރާތްތަކަށް ރޭ ސޯޝަލް ސެންޓަރުގައި ވަނީ އެވޯޑު ހަވާލުކޮށްފައެވެ. އެވޯޑު ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސްޓެލްކޯ އަށް ލިބުނު އެވޯޑާއި ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ސްޓެލްކޯ އިން އެ މައުރަޒުގައި ހުށަހެޅީ "ރީޖަނަލް ސްކާޑާ" އެކެވެ. މިއީ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ ނިޒާމެވެ.
މި ނިޒާމުން ކަރަންޓު މައްސަލަތައް އަވަހަށް ދެނެގަނެ ރަނގަޅުކުރުމަށާއި ކުއްލިއަކަށް ކަރަންޓު ކެނޑުން މަދުކުރުމަށް މުސްތަގުބަލުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ލަފާކުރުމަށް ފަސޭހަކުރެވޭނެ ނިޒާމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ