މަކަރާއި ހީލަތް ހަދާކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ޒައިދާން މުހައްމަދު ހާޝިމް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ސައްހަ ނޫން ބޭންކް ޓްރާންސްފާ ސްލިޕްތަކެއް ފޮނުވި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން މިއަދު ބުނީ ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ޒައިދާން ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި ޒައިދާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ.
ދެހާސް ތޭވީސް ވަނަ އަހަރުވެސް ޒައިދާންގެ މައްސަލައެއް ފެންމަތިވިއެވެ. އެފަހަރު ފެންމަތިވީ ވިނަރެސް އެޕާޓުމަންޓެއް ކުއްޔަށް ނެގުމަށްފަހު އެހެން ބަޔަކަށް ކުއްޔަށް ދީގެން އެމީހުންގެ އަތުން ފައިސާ ނެގުމަށްފަހު ތަނުގެ އަސްލު ވެރި ފަރާތަށް ކުލި ނުދައްކާ އުޅުނު މައްސަލައެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ