"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ސަބަބުން ކްރިއޭޓިވް އިންޑަސްޓްރީއާ ގުޅޭ ރިޔާސީ ވައުދު ހާސިލް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މައުރަޒު ބައްލަވާލެއްވުމަށް ރޭ ވަޑައިގަތުމަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި 2030ގެ ކުރިން މުޅި ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓަކީ ކްރިއޭޓިވް އިންޑަސްޓްރީން ލިބޭނެ އެއްޗަކަށް ހެދުމަށް ހިމަނާފައިވާނެ ކަމަށެވެ. މިހާރު ކުރިޔަށްދާ މައުރަޒުން އެ ވައުދު މެނިފެސްޓޯގައި ހިމަނާފައިވާ މުއްދަތަށްވުރެ އަވަހަށް ފުދިގެން ދާނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއަށްވުރެ ކުރިންވެސް އެޗީވްކުރެވިދާނެ މިފެންނަ ޝައުުގުވެރިކަމަށް ބަލާއިރު. އަޅުގަނޑުގެ ޒިންމާއަކަށް ދެކެނީ މިކަމަށް ފުރުސަތުދޭން. މި ޓެލެންޓުތަކަށް ފުރުސަތުދޭން. މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ ކަންކަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އުފެއްދުންތެރިކަމުގެ މައުރަޒުގެ މަގްސަދަކަށްވީ ދިވެހިންގެ އުފެއްދުންތެރިކަމަށް ފުރުސަތު ދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި އެ ފުރުސަތުގެ ބޭނުން ގިނަ ބަޔަކު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ފެށުމެއް ކަމަށެވެ. އަދި އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މައުރަޒުގައި ދިވެހިވަންތަ، ސަގާފީ އުފެއްދުންތަކުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދެއެވެ.
މިއީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު މައުރަޒެވެ. "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ.

އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ