ދިވެހި ފުޓުބޯޅަ އަށް އޭގެ ހައްގު މަގާމު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ކާމިޔާބު ލިބެމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ފުޓުބޯޅަ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ގައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށެވެ. އަދި ގައުމު ފަހުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާއީ ރޫހު ފުޓުބޯޅައިން އާލާކޮށްދީފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން،" ރައީސް ވިދާޅުވިއެވެ.
އދ. ގެ އާއްމު މަޖިލީހުން މިދިޔަ އަހަރު ވަނީ ކޮންމެ އަހަރެއްގެ ވެސް މެއި 25ވަނަ ދުވަހަކީ ދުނިޔޭގެ ފުޓުބޯޅަ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރުމަށް ނިންމައިފައެވެ. މިއަހަރުގެ ޝިއާރަކީ "ޓުގެދާ ވީއާ ސްޓްރޯންގަރ" އެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ