ފަޤީރު ޤައުމުތަކަށް މިއަހަރު ދަރަނީގެ ބިޔަ ރާޅެއް ނަގާނެކަމަށް އޮސްޓްރޭލިއާގެ ތިންކް ޓޭންކަކުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ލޯވީ އިންސްޓިޓިއުޓުން ނެރުނު ރިޕޯޓެއްގައި ބުނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ތެރެއިން ދަރަނި ނަގައިގެން ހިންގި ޕްރޮޖެކްޓްތަކުން މިއަހަރު ރެކޯޑް އަދަދަކަށް އަނބުރާ ޗައިނާއަށް ދަރަނި އަނބުރާ ދައްކަން ޖެހޭކަމަށެވެ. މި ޤައުމުތަކުގެ ތެރޭގައި އެފްރިކާ އަދި ޕެސިފިކްގެ ޖަޒީރާ ޤައުމުތައް ހިމެނެއެވެ.
ހިނގަމުންދާ ދަހަރުގެ ކުރިއަށް އޮތްތަނުގައި ޗައިނާ އޮންނާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފައިސާދޭ ޤައުމެއްގެ ބަދަލުގައި، ޤައުމުތަކުގެ އަތުން ދަރަންޏަށް ދިން ފައިސާ އަނބުރާ ހޯދާ ޤައުމުގެ ގޮތުގައިކަމަށް އެ ތިންކް ޓޭންކުން ސިފަކުރެއެވެ.
މި ރިޕޯޓާއި ގުޅިގެން ޗައިނާގެ ޚާރިޖިއްޔާއިން ބުނީ ރިޕޯޓުގެ މާބޮޑު ތަފްސީލެއް ނޭނގޭކަމަށާއި، ޗައިނާއިން އެހެން ގައުމުތަކުގައި އިންވެސްޓްކޮށް، ފައިނޭންސް ދީ ހަދަނީ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުމުގެ މިންގަނޑުތަކުގެ ތެރެއިންކަމަށެވެ.
ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކާއި ހަވާލާދީ ލޯވީ އިންސްޓިޓިއުޓުން ބުނީ މިއަހަރު އެކަނިވެސް ދުނިޔޭގެ އެންމެ ފަޤީރު 75 ޤައުމުން ޗައިނާއަށް ޖުމްލަ 22 ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭކަމަށެވެ. އަދި މިހާ ބޮޑެތި އަދަދުތަކުން ޗައިނާއަށް ފައިސާ ދައްކަން ޖެހުމުން އެގައުމުތަކުން ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ހަރަދުކުރަން ފައިސާ މަދުވެ، އެކަމުގެ ސަބަބުން ގިނަ ނުރައްކާތަކަކަށް ގައުމުތައް ހުށަހެޅިގެން ދެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ފެއްޓެވި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ދަރަނީގެ ދަންތުރަތަކެއްކަމަށް ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި ތިންކް ޓޭންކްތަކުން، އަދި ހުޅަނގުގެ ޤައުމުތަކުން ދިޔައީ އޭރުވެސް ބުނަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ