ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު އިސްލާހުކުރުމަށް އެކުލަވާލި ކޮމިޝަންގައި ހިމެނޭ ޕާޓީތަކަށް އިސްލާޙުތަކާމެދު އެއްބަސްވުމަކަށް ނާދެވުނުކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ޝެއިޚް ހަސީނާގެ ވެރިކަމާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާނުން މަގުތަކަށް ނިކުމެ ވެރިކަން ވައްޓާލުމަށްފަހު، މިދިޔަ އަހަރު ވަގުތީ ގޮތުން ވެރިކަން ހިންގުން ހަވާލުކުރީ ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ މުހައްމަދު ޔޫނުސް، 84 އާއެވެ. ޔޫނުސް ވިދާޅުވީ އޭނާއާއި ހަވާލުވީ އެއްކޮށް ސުންނާފަތިވެފައިވާ ނިޒާމެއްކަމަށެވެ. އަދި ބަންގްލަދޭޝްގައި ހުދުމުޚުތާރު ވެރިކަމެއް އިތުރަށް އަޔަ ނުދިނުމަށް ގެންނަން ޖެހޭ ނިޒާމީ އިސްލާޙުތައް ގެނައުމަށް 6 ކޮމިޝަނެއް އޭނާ އެކުލަވާލެއްވިއެވެ. މި 6 ކޮމިޝަންގެ މަސައްކަތް ކުރިއަށްދަނީ ކޮންސެންސަސް ކޮމިޝަންގެ ބެލުމުގެ ދަށުންނެވެ. އެކޮމިޝަންގެ ވެރިޔަކީވެސް ޔޫނުސްއެވެ.
ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާ އަލީ ރިއާޒް ވިދާޅުވީ 45 ބައްދަލުވުން ބާއްވައިގެންވެސް ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްގަލަކަށް ނޭރޭކަމަށެވެ. ކޮމިޝަންތަކުގައި 166 އިސްލާޙަކަށް 38 ސިޔާސީ ޕާޓީއިން ގެންދަނީ މަޝްވަރާކުރަމުންނެވެ.
ކޮންސެންސަސް ކޮމިޝަނުން މިހާރު ތައްޔާރު ވަމުން އަންނަނީ މަޝްވަރާތަކުގެ ދެވަނަ ބުރަކަށް ދިޔުމަށެވެ. އަދި އިސްލާހުތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް، ބަންގްލަދޭޝްގެ ސްޓެޓިސްޓިކްސް ބިއުރޯއިން 46 ހާސް ގޭބިސީގެ ޚިޔާލު ހޯދާނެކަމަށްވެސް ކޮމިޝަނުން ބުންޏެވެ.
ވެރިކަން ހިންގުން ވަގުތީ ނިޒާމެއްގެ ތެރެއިން ކުރިއަށްދާއިރު، އިންތިޚާބު ލަސްވަމުންދާ ވަރަކަށް ބަންގްލަދޭޝްގެ އެތެރޭގެ މަސްރަހު ދަނީ ގޯސްވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ