ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ މައްސަލައާއެކު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް އެޖެންޑާކޮށްފިއެވެ.
މާދަމާ ހެނދުނު 9:00 ގައި ފަށާ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާގެ އެޖެންޑާގައި ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުވުން ހިމެނެއެވެ.
މީގެއިތުރުން ނޭޕާލާއި ޔޫކްރެއިނާއި އަޔަލޭންޑަށް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ