މިއަދު މެންދުރު މުޅި މާލެއިން ކަރަންޓު ދިއުމަށްފަހު، ބޮޑު ބަޔަކަށް ކަރަންޓު ދީފިއެވެ.
މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދީފައި މިވަނީ ކަރަންޓު ދިޔަތާ ގާތްގަނޑަކަށް 5 ގަޑިއިރު ފަހުންނެވެ.
ސްޓެލްކޯ އިން ބުނީ މިހާރު މާލޭގެ 96 ޕަސެންޓު ސަރަހައްދަށް ކަރަންޓު ދީފައިވާ ކަމަށެވެ. ބާކީ ނުޖެއްސި ވަނީ ހަ ޓްރާންސްފޯމަރު ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
މާލެ އިން ކަރަންޓު ދިޔައިރު މުޅި ހުޅުމާލޭން ވެސް ކަރަންޓު ދިޔައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކަރަންޓު ދިޔައެވެ. އެކަމަކު އެމްއޭސީއެލް އިން ވަނީ ކަރަންޓު ދިޔަތާ ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ތެރޭގައި އެއާޕޯޓަށް ކަރަންޓު ދީފައެވެ.
މާލެ ސަރަހައްދުން ކަރަންޓު ދިޔަ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވައިފައެވެ. އަދި ފުލުހުން ވަނީ އެކަމުގެ ތަހުގީގެއް ވެސް ފަށައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ