މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެގައި ވަނީ އެ ދައުވަތު އެރުއްވީ ފޮރިން މިނިސްޓަރު ޑރ. ހަލީލް އިންޑިއާ އަށް މިދިޔަ ހަފްތާ ބަންދުގައި ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ. ނަމަވެސް އަދި މޯދީ ވަޑައިގަންނަވާނެ ސީދާ ތާރީހެއް ކަނޑައަޅާފައި ނުވެއެވެ.
މިއަހަރަކީ ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ވަނީ މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ. އެ ދައުވަތު މޯދީ ވަނީ ގަބޫލުފުޅު ކުރައްވަވައިފައެވެ.
މޯދީ ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެ ފަހަރަކު ރާއްޖެ ވަޑައިގެންފައެވެ. ފުރަތަމަ ވަޑައިގަތީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި އެއަށްފަހު ރަސްމީ ދަތުރުފުޅެއްގައި ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ