ގާނޫނީ ވަކީލް މަހްފޫޒު ސައީދަށް އިންޒާރުދިން މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ގާނޫނީ ވަކީލު މަހްފޫޒަށް އިންޒާރުދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއެވެ.
މަހްފޫޒަށް އިންޒާރު ދީފައި ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް އެކްސްގައެވެ. "ޖާނަލިސްޓް ގަސަމް" ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން ވަނީ މަހްފޫޒު ޓެގުކޮށް "ވަޅިއެއް ޖަހަންވީތަ" މި މޭރުމުން ބުނެފައެވެ.
މަހްފޫޒު ވަނީ އެ ޕޯސްޓުގެ ސްކްރީން ޝޮޓެއް ޕޯސްޓު ކުރައްވައިފައެވެ. އަދި ވިދާޅުވީ
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015ވަނަ އަހަރުވެސް މަހްފޫޒަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އެ މައްސަލާގައި ހަތަރު މީހެެއްގެ މައްޗަށް ދައުވާކުރި ނަމަވެސް 2022ވަނަ އަހަރު ވަނީ އެ މައްސަލާގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ނިންމައިފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ