ގެދޮރުވެރިޔާގެ މަޝްރޫއުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިން ކަމަށް ބުނެ ދައުވާ ކުރަނީ ފްލެޓްތައް ހަވާލުކުރުން ލަސްކުރަން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ހައުސިން މަޝްރޫއުއާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ ތިން ވެރިއެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ އުފުލަމުން ދަނީ ފްލެޓުތައް ހަވާލުކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަން ކުރަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް އޭސީސީ މެދުވެރިކޮށް ކަމަށާއި އޭސީސީން އަމަލުކުރަނީ އިޖްރައާތުތަކާ ހިލާފަށް ކަމަށާއި އޭގެ ބޭނުމަކީ ފްލެޓްތައް ދިނުން ލަސްކުރުން ކަމަށް ވެސް އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ ވަކި ބަޔަކަށް މަންފާ ހޯދައިދިން ކަމަށް ބުނެ ދައުވާ އުފުލަން ނިންމުމަށްފަހު މި ސަރުކާރުން ވެސް ފްލެޓު ދޭން ނިންމާފައިވަނީ ކުރީގެ ސަރުކާރުން ޝާއިއުކުރި ލިސްޓަށް ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި