ދެހާސް އަށާވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ބައެއް އިސްވެެރިންނަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ. އަދި އެކަމުގައި އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގެ ހިޔާލު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ކޮންމެ ގޮތަކަށް އެކަމުގެ ޖަވާބު ދެއްވި ނަމަވެސް ނަޝީދާ އެބޭފުޅުންގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށް ވެސް ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.
ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވީ 2008ވަނަ އަހަރުން 2012ވަނަ އަހަރަށެވެ. އެމަނިކުފާނު ވެެރިކަމުގެ ދައުރު ހަމަ ނުވަނީސް އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ މުޒާހަރާތައް ކުރަން ފެށުމުންނެވެ.
އަދި ކުރީގެ ރައީސް ޔާމީންގެ ވެެރިކަމުގައި ނަޝީދު ޖަލަށްވެސްލިއެވެ. ފަހުން ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ރާއްޖެ ވަޑައިގަތީ އެމްޑީޕީއަށް 2018ވަނަ އަހަރު ވެރިކަން ލިބުމުންނެވެ. އެއަށްފަހު 2019ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ 19ވަނަ މަޖިލީހުގެ ރައީސްކަމަަށް ނަޝީދު އިންތިހާބުވެވަޑައިގަތެވެ.
ނަމަވެސް އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ނަޝީދު އެޕާޓީގެ ރައީސްކަމުންނާއި މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވެވިއެވެ.
އަދި މިހާރު ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ