ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާ މައްސަލަ އިސްތިއުނާފު ކުރުމަށް ޝައްމާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް އެ ކޯޓުން ނިންމައިފިއެވެ.
ޝައްމާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ. އެގޮތަށް ރަޖިސްޓްރާ ނިންމީ ހައި ކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ކަމަށް ބަޔާންކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެއެވެ.
ނަމަވެސް ޝައްމާންގެ ފަރާތުން ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުން މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމީ ޝައްމާންގެ ފަރާތުން ހުށަހެޅި މައްސަލާގައި ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކެއް ހުރި ކަމަށެވެ. އެހެންކަމުން މައްސަލަ ބަލައިގަންނަން ނިންމިއެވެ.
ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އޭނާ ދޫކޮށްލި މައްސަލައާ ގުޅިގެން ޝައްމާންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ޕީޖީއަށް ފޮނުވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ