ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފިއެވެ. ނަވީން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.
އިސްމާއީލް ނަވީން އަށް ކޮމިޝަނަރު އޮފް ޕޮލިސް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އިސްމާއީލް ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޯޕަރޭޓް ސާވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަގާމާއި، ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ ވެރިޔާގެ މަގާމާއި، ފޮރެންސިކް ސާވިސަސް ޑިރެކްޓަރޭޓް މަގާމު ފުރުއްވާފައެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮތަމްބްރިޔާއިން ބެޗެލާ އޮފް ލޯ ހާސިލުކުރައްވާފައެވެ.
ސީޕީގެ މަގާމު ހުސްވީ މިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހު އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުންނަށް އާއްމުންގެ ފާޑު ކިޔުން އަމާޒުވި ދަނޑިވަޅެއްގައެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން