ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ރޭ އެކްސްގައި ބުނެފައި ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވާ ކަމަށެވެ. މިތަކެތި އަތުލާފައި ވަނީ ކަސްޓަމްސްއިން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށްވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިނޮއިޑްސް ކަމަށާއި އަތުލައިގަތް ޕެކެޓުތަކުގައި 18.62 ކިލޯ ހުރި ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 26 މިލިއަން ދިވެހި ރުފިޔާއެވެ.
ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ފޮޓޯ އާއި ވީޑިއޯ އާއްމު ކޮށްފައެވެ. އޭގެއިން ފެންނަ ގޮތުގައި މިތަކެތި ރައްކާ ކޮށްފައި ވަނީ ގަސް ޕޮޓުތައް ފަދަ ތަކެތީގެ އެތެރޭގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ