ދުއިސައްތަ އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މި ދަނޑިވަޅަކީ އިންޑިއާ އަށް ދަތި އުނދަގޫ ދަނޑިވަޅެއް ކަމަށާއި މި ވަގުތުގައި އެ ގައުމާއެކު ދިވެހި ސަރުކާރު އޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި ބޯޓަކީ އަހްމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރު ކުރަމުންދިޔަ ބޯޓެކެވެ. ބޯޓު ވެއްޓުނީ އަހްމަދުއާބާދު ކައިރީގައި އޮންނަ މޭގާނީނަގަރު ކިޔާ ސަރަހައްދަކަށެވެ.
މި ބޯޓުން 242 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި 169 އިންޑިއާގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ 53 މީހުން ހިމެނެއެވެ. އަދި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިސްބަތްވާ މީހަކުވެސް ހިމެނެއެވެ.
މި ހާދިސާގައި މަރުވީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި