ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ޖީއެމްސީއީ ނުވަތަ ޖެމްކިއު އަކީ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ބުނިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެއީ ސްކޭމެއްކަން ހާމަވެ، އެތައް ބަޔަކަށް މާޔޫސްކަން ލިބިއްޖެއެވެ.
ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމާ ގުޅޭ ގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ގުޅިގެން މީގެ ދެ ދުވަސް ކުރިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޖީއެމްސީއީ ނުވަތަ ޖެމްކިއު އަކީ ޕިރަމިޑް ސްކީމެއް ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެ ސްކީމަށް އިންވެސްޓު ނުކުރަން ވަނީ އެދިފައެވެ.
ފުލުހުން އެގޮތަށް ބަޔާން ނެރުމުން އެ އެޕްލިކޭޝަން ބޭނުން ކުރާ ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔާ ހެދިއެވެ. އާއްމު ރައްޔިތަކަށް އިތުރަށް ފައިސާ ލިބޭނެ ގޮތެއް ފެނިއްޖެ ނަމަ އެކަމެއް ހުއްޓުވާ ކަމަށް ބުނެ ސަރުކާރަށް ވެސް ފާޑު ކިޔާ ހެދިއެވެ.
ނަމަވެސް މިއަދު ވަނީ އެއީ ސްކޭމެއްކަން ހާމަވެފައެވެ. ޓެލެގްރާމް ގްރޫޕެއްގައި ހިންގަމުން އަންނަ ޖެމްކިއު އިން ފައިސާ ނުނެގޭ ކަމަށް އެ ގްރޫޕުގައި ތިބި ގިނަ ބަޔަކު މިހާރު އަންނަނީ ބުނަމުންނެވެ. އަދި އެ ގްރޫޕްގެ އެޑްމިން ސުވާލުތަކަށް ޖަވާބު ނުދޭ ކަމަށާއި ކުރިން އެޑްމިންގެ ނަމުގައި ޖަހާފައިވާ ނަން ނޫން އެހެން ނަމެއް ޖަހާފައިވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
ރޭވެސް ޖީއެމްސީއީ ނުވަތަ ޖެމްކިއު އަށް ގިނަ އަދަދެއްގެ ބަޔަކު ލާރި އެޅި ކަމަށްވެއެވެ. އެއްފަހަރާ އެހާ ގިނަ އަދަދަކުން ފައިސާ ޖަމާކުރީ އަޅާ ފައިސާ ޑަބަލްވާ ޕްރޮމޯޝަނެއް ކުރިޔަށް ގެންދާތީއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ