މިއަހަރުގެ ޔޯގާ ދުވަހުގެ ހަރަކާތް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އިންޑިއާގެ ކުންފުންޏަކުން ރާއްޖޭގައި ހިންގަމުން އަންނަ ތާޖު މޯލްޑިވްސްގައި ބޭއްވި ޔޯގާ ހަރަކާތުގައި 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް ހައި ކޮމިޝަނުން މައުލޫމާތުދެއެވެ.
އެ ހަރަކާތުގައި ސަރުކާރުގެ ފަރާތުން ހާއްސަ މެހެމާނަކުވެސް ބައިވެރިވިއެވެ. އެގޮތުން އެ ހަރަކާތުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައި ވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.
ޔޯގާ ދުވަހަކީ ކޮންމެ އަހަރަކުވެސް އިންޑިއާގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަސް އިންޑިއާ ހައި ކޮމިޝަނުން ވެސް ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުލަ ގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ.
އެހެންނަމަވެސް 2022ވަނަ އަހަރު އިންޑިއާ ހައި ކޮމިޝަނުން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައިފައިވެއެވެ. އަދި އެ މައްސަލާގައި ބައެއް މީހުންގެ މައްޗަށް ދައުވާ ވެސް ކުރިއެވެ. އޭގެތެރޭގައި މި ސަރުކާރުގެ މަޖިލިސް މެންބަރަކު ވެސް ހިމެނެއެވެ.
އެކަމަކު މިމަހުގެ 17ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަކީ ޖަޒުބާތީ އަމަލުތަކެއް ކަމަށް ބުނެ, އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް ގިނަ ބައެއްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ދައުލަތުން އަނބުރާ ގެންދަން ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ