ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ގާނޫނާއި ހިލާފަށް ހަރަކާތްތެރިވި ކަމަށް ބެލެވޭ ބޭރު ގައުމެއްގެ ދެ މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ސްރީލަންކާ އަށް ނިސްބަތްވާ އެ ދެބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 22 ވަނަދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދެ މަސްބޯޓާމެދު ގާނޫނުގައިވާ ގޮތުގެމަތިން އަމަލުކުރުމަށްޓަކާ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރުމަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި