ނުވަ އަހަރު ފަހުން އީރާނުން ރާއްޖެއަށް ސަފީރަކު ކަނޑައަޅައި, އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
އެންމެފަހުން އީރާނުން ރާއްޖެއަށް ސަފީރަކު ކަނޑައެޅީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސްފަހުން އޭރުގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ އީރާނާ އޮތް ހާރިޖީ ގުޅުން ކަނޑާލައިފަ އެވެ. އޭރު ރާއްޖެއިން ހާރިޖީ ގުޅުން ކަނޑާލީ އީރާނުން މެދު އިރުމަތީގެ ހަމަޖެހުން ނަގާލަމުންދާ ކަމަށް ބުނެ އެވެ.
އީރާނާއެކު ރާއްޖެއިން އަލުން ގުޅުން ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެޕްޓެމްބަރު, 2023 ގަ އެވެ. ނަމަވެސް އޭރު އެ ގައުމުން ރާއްޖެއަށް ސަފީރަކު ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އީރާންގެ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޑރ. އަލީރިޒާ ދެލްކޯޝް މިއަދު ވަނީ ރައީސް މުއިއްޒަށް ފަތްކޮޅު އަރުވައިފަ އެވެ.
ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މެދުއިރުމަތީގެ ހަމަޖެހުމަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަފީރުގެ ވާހަކަފުޅުގައި ރައީސްގެ ސިޔާސަތަށް ތާއީދުކޮށް, އީރާންގެ ސަރުކާރުގެ ނަމުގައި ޝުކުރު އަދާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ