ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، "އެކުގައި ގަދަކޮށް" ގޮސް މިހާރުގެ ސަރުކާރު ބަލިކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީވީ މިރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރު ފަހުން، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާއެކު، އެމަނިކުފާނު ވިދާޅުވެފައިވަނީ އަމިއްލަ ގެއަށް އެނބުރި ވަޑައިގަތް ކަހަލަ އިހްސާސެއް ކުރެވުނު ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާ ގުޅިގެން، އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއެކު ވަކި ސިޔާސީ ޕާޓީއެއް އުފައްދަވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ، "އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން އެކުގައި މި މަސައްކަތް ކޮށް، އެކުގައި ގަދަކޮށް ގޮސް މި ސަރުކާރު ބަލިކުރުން. މި ގައުމު އަޅުގަނޑުމެން އަނބުރާ ހޯދުން" ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީ އެއްކޮށް މަސައްކަތްކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށެވެ. މިއީ ޕާޓީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ސިޔާސީ މަސައްކަތްތަކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ފެށުމެއް ކަމަށް ޕާޓީގެ އިސް މެންބަރުން ފާހަގަކުރައްވައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި