މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން އިތުރު އެއް ދުވަސް ސަރުކާރު ބަންދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހޮނިހިރު ދުވަހަކަށެވެ. އެހެންކަމުން ކަލަންޑަރުގައި ޖެހިގެން އަންނަ އާދީއްތަ ދުވަހަކީ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ބަންދު ކޮށްފައިވާ ދުވަހެކެވެ.
ސަރުކާރުން ބުނީ މިއަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވާތީ އިތުރު ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ޖުލައި މަހުގެ 28ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ