ދިވެހިންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމް ދީނުގެ ވާފަށުގައި ހިފައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ފޮނުއްވި ހިތާބެއްގައި ވިދާޅުވީ އިސްލާމީ އުންމަތަށް މިއީ، ކެތްތެރިކަމާއެކު މާތް ރަސްކަލާނގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއާކުރުން އިތުރު ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ.
ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތައް ދާދިފަހުން ތަހައްމަލު ކުރިއިރު، ދިވެހިރައްޔިތުންގެ އިހްލާސްތެރި ދުއާތައް ވަނީ މުސްލިމް އަހުންނާއި އުހުތުންނާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
"ފަލަޞްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އަޅުގަނޑުމެން އެދޭހިނދު، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޔަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އަދައި މާތް ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ،" ރައީސް ވިދާޅުވިއެވެ.
ހިޖުރައިގެ ހާދިސާ އަކީ މުސްލިމުންނަށް އެތައް ފިލާވަޅެއް އެކަމުން ލިބިގެންދާ ހާދިސާއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެށްޓެވީއްސުރެ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލުކުރުމުގައި ހިފަހައްޓަންވީ ހިކުމަތްތެރި ހަމަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޖުރައިގެ ދަތުރުފުޅަށް ދުރާލާ ތައްޔާރުވެ ވަޑައިގެން، ހުރިހާ ކަމެއް ގެންދަވާނެގޮތް ރޭއްވެވުން ދޭހަކޮށްދެނީ، ކަމެއް ކާމިޔާބު ކުރުމަށް ބުއްދިވެރިކަމާއެކު ޕްލޭން ކުރުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި މުޖްތަމައުގައި އޮތް ކޮންމެ ކަންބޮޑުވުމަކުން ނަޖާވުމާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުޞޫލުގައި ދެމިތިބެގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ