ކަޝްމީރުގެ އިންޑިއާފަޅީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ޕަހަލްގަމްއަށް ހަމަލާދީ، 26 ފަތުރުވެރިއަކު މަރާލި ހަމަލާގައި ބައިވެރިވީ މުޅިންވެސް ޕާކިސްތާނު މީހުންކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީ (އެން.އައި.އޭ) އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާގައި ބައިވެރިވީ އދއިންވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ލަޝްކަރޭ ތައިބާއާއި ގުޅުންހުރި ބައެކެވެ. ހަމަލާގައި ބައިވެރިވި މީހުންކަމަށް ބުނެ 3 މީހުން ހޯދަން އިއުލާންކުރިއިރު، އޭގެ ތެރެއިން އެކަކީ ކަޝްމީރުގެ އިންޑިއާ ފަޅީގެ މީހެއްކަމަށް ކުރިން ފުލުހުން ބުންޏެވެ.
އެހެންނަމަވެސް މިހާރު އެން.އައި.އޭ އިން ބުނަނީ ހަމަލާގައި އަމަލީގޮތުން ބައިވެރިވީ ޕާކިސްތާނުގެ ހަނގުރާމަވެރިން ކަމަށެވެ. އެމީހުން ފިލަން އެހީވިކަމުގެ ތުހުމަތުގައި ކަޝްމީރުގެ 2 މީހަކު އިންޑިއާ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހަމަލާދިން 3 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ހަމަލާގެ ޒިންމާ އެންމެ ފުރަތަމަ އުފުލީ ލަޝްކަރޭ ތައިބާގެ ތެރެއިން އުފެދުނު، އަދި އެޖަމަޢަތާއި ގާތް ގުޅުމެއް ބާއްވާ ދަ ރެސިސްޓަންސް ފްރަންޓުންނެވެ. އެހެންނަމަވެސް ފަހުން އެޖަމާޢަތުން ވަނީ ހަމަލާއާއި ގުޅުމެއް ނެތްކަމަށް ބުނެފައެވެ.
އެޕްރީލް މަހުގެ 22 ވަނަ ދުވަހު ދިން މިހަމަލާއަކީ ޕާކިސްތާނުގެ ސަރުކާރުން ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިވެރިވާތީ ދޭން މަގުފަހިވި ހަމަލާއެއްކަމަށާއި، ޓެރަރިޒަމް ހުއްޓުވުމަށް ޕާކިސްތާނު ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނެ، އިންޑިއާއިން ވަނީ ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުގެ އަސްކަރީ ބައެއް އަމާޒުތަކަށް ހަމަލާދީފައެވެ. އަދި ރައްދުގައި ޕާކިސްތާނުންވެސް ހަމަލާދިނެވެ.
ޕަހަލްގަމްގެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ސަރުކާރުކަމަށް އިންޑިއާއިން ބުނާ ބުނުން އެގައުމުން ދޮގުކުރިނަމަވެސް، ހަމަލާގައި ބައިވެރިވީ ޕާކިސްތާނުގެ ހަނގުރާމަވެރިންކަމަށް އިންޑިއާއިން ކުރާ ތުހުމަތުތަކަށް ޕާކިސްތާނުން ރައްދެއް ދީފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ