ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓު ކާޑު ބޭނުން ކޮށްގެން ބޭރުގެ ބައެއް ސައިޓުތަކުން ކުރާ ވިޔަފާރިތަކުން ފީއެއް ނެގުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓު ކާޑުން ބޭރު ގައުމުތަކަށް ގޮސް ކުރާ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ޑޮލަރު ލިމިޓު ދެގުނަކޮށްފައެވެ. މީގެކުރިން 250 ޑޮލަރުގެ ލިމިޓެއް ދީފައިވީ ނަމަވެސް އެ އަދަދު މިހާރު ވަނީ 500 އަށް ބޮޑުކޮށްފައެވެ.
ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.
އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) އިން ފައިސާދައްކާއިރު 30 ޕަސެންޓާއި ހަމައަށް ފީއެއް ނެގޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް މީގައި ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ