ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓު ކާޑުތައް މެދުވެރިކޮށް ކުރާ ބޭރުގެ ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހަމަޖައްސަން ޖެހޭ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ
ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 500 ޑޮލަރާ ހަމައަށް ކަނޑައެޅުމަށްފަހު، އާންމު ކުރި ބަޔާނެއްގައި ބުނީ "ޓީމޫ، ޝީއިން، އަލިބާބާމ އަލި އެކްސްޕްރެސް، އީބޭ" ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ ކަމަށެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާއްމުން އަންނަނީ ބީއެމްއެލް އަށް ފާޑު ކިޔަމުންނެވެ.
މިކަން ކުރަން ޖެހުނު މައިގަނޑު ސަބަބުތައް ބީއެމްއެލް އިން ވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ހިއްސާ ކޮށްފައެވެ. އެގޮތުން ބީއެމްއެލް އިން ބުނީ މިފަހަކަށް އައިސް އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ޑެބިޓު ކާޑުތައް މެދުވެރިކޮށް ކުރާ ވިޔަފާރިތަކުން މަހަކު 45 މިލިއަން ޑޮލަރަށްވުރެ ގިނައިން ހަމަޖައްސަން ޖެހޭ ކަމަށެވެ.
އެ ބޭންކުން ބުނީ އެ އަދަދުގެ ތެރެއިން 75 ޕަސެންޓު ހޭދަ ކުރަން ޖެހެނީ އޮންލައިންކޮށް ކުރާ ވިޔަފާރިތަކަށް ކަމަށެވެ. އޭގެތެރޭގައި ކުރިން ފާހަގަކުރި ހަ ވެބްސައިޓަކީ އެ ފައިސާތައް އެންމެ ގިނައިން ހަމަޖައްސަން ޖެހޭ ވެބްސައިޓުތަކެވެ. ބީއެމްއެލް އިން ބުނީ ހަމައެކަނި ޓީމޫ އަށް ވެސް މަހަކު 7 މިލިއަން ޑޮލަރު ހަމަޖައްސަން ޖެހޭ ކަމަށެވެ.
ބީއެމްއެލް އިން މިފަދައިން ހަމަޖައްސާފައިވީ ނަމަވެސް މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް މީގައި ނުހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ނޮވެމްބަރު 2 ސަރުކާރު ބަންދު
ކޮމެޓީން ފާސްކުރީ މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން