ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މި ސަރުކާރުގައި ތިން ވަނަ ފަހަރަށް އޭނާގެ މަގާމު ބަދަލުކުރައްވައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމުގައި ހުންނެވި ރުކުމާ މިދިޔަ މަހު ވަނީ މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލު ކުރައްވާފައެވެ. ފެނަކައަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ ވެމްކޯގެ ޑީއެމްޑީއަކަށެވެ.
މޯލްޑިވް ގޭސްގެ ޑީއެމްޑީ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ މަހުގެ 23ގައެވެ.
ރުކުމާ ސިޔާސީ މަސައްކަތަށް ނުކުންނެވީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަ ކުރައްވައި، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރަކަށް ވެވަޑައިގެންނެވި ހިސާބުންނެވެ. އަދި މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ ޓިކެޓުގައެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި އޭނާ އެ ޕާޓީން ވަކިވެ، ޕީޕީއެމާ ގުޅުނީ ރައީސް ސާލިހުގެ ވެރިކަމުގައެވެ. އޭނާ ވަނީ 2019 ވަނަ އަހަރު އަމިއްލަ ގޮތުން ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރައްވައި، ނާކާމިޔާބީއާ ކުރިމަރިވެވަޑައިގެންފައެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި