މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ގޮވާލައި މާލޭގައި ޒުވާނުންކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ފުލުސް އޮފީސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު މިހާރު ތިބީ ދޫކޮށްލައިފަ އެވެ.
އެ މައްސަލާގައި މަހުޒޫމްގެ މައްޗަށް ދައުލަތުން ކުރަނީ އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އަނިޔާއެއް ކުރުން އަތުލުމުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ..
ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ޔުމްނުގެ މައްސަލާގައި ކުރި މުޒާހަރާތަކާ ގުޅިގެން އެކަން ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވި އެވެ. އެ ކޮމިޝަނުން ނިންމީ ފުލުހުންގެ އިހުމާލުތަކެއް އެ މައްސަލާގެ ތަހުގީގުގައި އޮތް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ