ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަންނަ މައި މަގު އެއްވަރު ކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، އެ މަގު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް އެއާޕޯޓް ކޮމްޕެނީން އިލްތިމާސްކޮށްފިއެވެ.
އެއާޕޯޓް ކޮމްޕެނީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި މަސައްކަތް ކުރިއަށް ގެންދާނީ ހަތަރު ފޭސްއަކަށް ބަހާލައިގެން، މި މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. މަސައްކަތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެއާޕޯޓް ކޮމްޕެނީގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ. އަދި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި މާކިންތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެއެވެ.
"މިކަމުގެ ސަބަބުން އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް މި ކުންފުނިން މައާފަށް އެދެމެވެ. އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު،" އެއާޕޯޓް ކޮމްޕެނީން ބުންޏެވެ.
މި މަސައްކަތަކީ އެއާޕޯޓަށް ވަންނަ މައި މަގުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ވަދެނިކުމެވުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކުރާ މަސައްކަތެކެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ