ފުލުހުންނަށް ހުށަހެޅި ވައްކަމާއި މާރާމާރީގެ މައްސަލަތައް މިދިޔަ މަހު މަދު ވެއްޖެއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ ޖޫން މަހު ވަނީ ވައްކަމުގެ މައްސަލަތައް 13 ޕަސެންޓް މަދުވެފައެވެ. އެގޮތުން ޖޫން މަހު ވައްކަމުގެ 290 މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު، ފާއިތުވި މެއި މަހު ހުށަހެޅީ 335 މައްސަލައެވެ.
މިދިޔަ މަހު މާރާމާރީގެ މައްސަލަތައް ވެސް ވަނީ 19 ޕަސެންޓް މަދުވެފައެވެ. އެގޮތުން ޖޫން މަހު މާރާމާރީގެ 45 މައްސަލަ ފުލުހުންނަށް ހުށަހެޅިއިރު، މެއި މަހު ހުށަހަޅާފައި ވަނީ 56 މައްސަލައެެވެ.
ފުލުހުންގެ ތަފާސް ހިސާބުން ދައްކާ ގޮތުން ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ވަނީ މަދުވެފައެވެ. އެގޮތުން ޖިންސީ ގޯނާގެ މައްސަލަތައް 22 ޕަސެންޓް މަދުވެފައިވާއިރު، ގެވެށި އަނިޔާގެ މައްސަލަތައް ވަނީ 21 ޕަސެންޓް ދަށްވެފައެވެ.
ފުލުހުން ތަހުގީގު ކުރާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތެކެވެ. އެގޮތުން ފާއިތުވި ހަ މަސް ދުވަހު 1،594 ވުރެ ގިނަ ވައްކަމުގެ މައްސަލަ ހުށަހަޅާފައިވެއެވެ. ދެ ވަނައަށް އެންމެ ގިނައީ ޓެފިކް މައްސަލަތަކެވެ. ޓްރެފިކްގެ ވެސް 1،542 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ތިން ވަނައަށް ފާއިތުވި ހަ މަސް ދުވަހު އެންމެ ގިނައީ ޑްރަގު މައްސަލަކެވެ. އެގޮތުން ޑްރަގުގެ 928 މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ