ރައްޔިތުންނާއި ގުޅޭ މުހިއްމު ނިންމުންތައް ނިންމުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓަށް އެހުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
އެ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވަވައިފައެވެ.
އެ ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގޭނެ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި އެ ވޯޓެއް ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި އެނޫނަސް އެވޯޓު ނެގުމާއި ގުޅޭ އެންމެހާ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުން ކަމަށް ބުނެފައިވެއެވެ.
ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގޭނީ ކޮން ކަންތައްތަކެއްގައިކަން ބަޔާން ކޮށްފައިވެއެވެ. އެގޮތުން ވޯޓު ނެގޭނެ ތިން ހާލަތެއް ބަޔާން ކޮށްފައިވެއެވެ. އެއީ:
- ރައްޔިތުންނާއި ގުޅޭ މުހިއްމު ކަންތައްތަކުގައި،
- ގައުމީ މުހިއްމު މައްސަލަތަކުގައި އަދި
- ގާނޫނުއަސާސީގެ ހަ މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅާއިރު
ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވާ ހަ މާއްދާގެ ތެރޭގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ ކަންކަމާއި ރައްޔިތުން މަޖިލީހުގެ އުމުރު ކަނޑައެޅުމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާނެ ގޮތުގެ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުމާއި ރާއްޖޭގެ ސަރަހައްދު ކަނޑައެޅުން ހިމެނެއެވެ.
ބިލުގައި ބުނެފައި ވަނީ މަޖިލީހަށް ލިބެގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިއްމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން އެކަމަށް ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އާއްމު ވޯޓު ނެގުމަށް ބިލުގައިވާ ގޮތުގެ މަތީން މަޖިލީހަށް ނިންމި ދާނެ ކަމަށެވެ. ގައުމީ މައްސަލަތަކުގައި އެކަން ކުރުމުގެ ބާރު އޮންނަނީ ބިލުން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކަށް ދެއްވައިފައެވެ.
މި ބިލުގައި ބަޔާން ކޮށްފައިވާ ގާނޫނުއަސާސީގެ އެއް ބާބާއި ފަސް މާއްދާ އަށް މަޖިލީހުން އެއްވެސް އިސްލާހެއް ގެނެސް އެ އިސްލާހެއް ތަސްދީގު ކުރުމުގެ ކުރިން އެކަމުގައި ރައްޔިތުން ދެކޭ ގޮތެއް ހޯދުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު ނިންމަވަން ވާނެ ކަމަށް ވެސް ބިލުގައިވެއެވެ. އަދި އެ ބިލެއް ތަސްދީގު ނުކުރާ ކަމަށް މަޖިލީހަށް އަންގާ ހާލަތުގައި އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށްޓަކައި ބިލުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓަކަށް ދާން މަޖިލީހުން ނިންމަން ވާނެ ކަމަށްވެސް ބިލުގައިވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި