ކުރީ ސަރުކާރުން ފަށާފައިވާ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނާއެކު ކުރިން ހަދާފައިވާ އެއްބަސްވުން އުވާލާ އާ އެއްބަސްވުމެއް ހަދަން ނިންމި މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ކުޑޫ ވަނީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަން މި ސަރުކާރުން ނިންމާފައި ވާތީ އެކަމާއި ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.
އޭނާ ވަނީ ކުރީ ސަރުކާރުން ގޯތި ދިނުމަށް އެކުލަވާލި އުސޫލު ބަދަލުކޮށް މި ސަރުކާރުން އެކުލަވާލި އުސޫލުގެ ދަށުން ހަދާފައިވާ އެއްބަސްވުމުގައި ސޮއި ކުރުމަށް ގޯތިތަކުގެ ވެރިންނަށް މަޖުބޫރު ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެހެންނަމަވެސް އެކަމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާއި މުޅިން ހިލާފު ކަމެއް ކަމަށް ކުޑޫ ވަނީ ސިފަ ކުރައްވައިފައެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލީހުން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 12 މެމްބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 34 މެމްބަރުން ވޯޓު ދެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ