ގަބުރުސްތާނުތައް ކޮނެގެން ކަށިތައް ނަގާ އެތަނުގައި ޕާކުތަކާއި ކުޅިވަރު ކުޅޭ ފަދަ ތަންތަން ހެދުމަކީ ހުއްދަ ވެގެން ވާނެ ކަމެއް ނޫން ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ.
މިއާއެކު މީގެ 8 އަހަރު ކުރިން މިކަމާއި ގުޅިގެން ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާ ވަނީ ބާތިލްވެފައެވެ. މިކަމާއި ގުޅޭ އައު ފަތުވާއެއް އެ މަޖިލީހުން ނެރެފައި ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.
ފަތުވާ މަޖިލީހުން މިކަމާއި ގުޅޭ އައު ފަތުވާއެއް ނެރެފައިވާއިރު، އެ ފަތުވާ ނެރެފައިވަނީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލުތައް ދައްކަމުންނެވެ
ސޫރަތު އަލްއިސްރާއުގެ 70 ވަނަ އާޔަތުގެ މާނާގައި ވަނީ "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމްގެ ދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްގު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ،" މިހެނެވެ.
އެ އާޔަތުގެ މާނައަށްފަހު ފަތުވާގައި ބުނެފައި ވަނީ ވަކިން ހާއްސަކޮށް މުސްލިމުން އެމީހުންގެ ތެރެއިން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް އެ މަތިވެރިކަން ދެމެހެއްޓުމަށްވެސް އަމުރު ކުރައްވާފައިވާ ކަމަށެވެ.
އެ އާޔަތާއި ގުޅުވާ އަބޫ ހުރައިރާގެ ފަރާތުން ރިވާވެފައިވާ ހަދީޘް ބަސްފުޅެއް ފަތުވާގައި ހިމަނާފައިވެއެވެ.
"މުސްލިމަކީ އަނެއް މުސްލިމާގެ އަހެކެވެ. އޭނާ، އޭނާގެ އަހާއަށް އެއްވެސްސިފައެއްގައި އަނިޔާވެރިއެއް ނުވާނެއެވެ. އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އޭނާގެ އަހާ ދޫކޮށެއް ނުލާނެއެވެ. އަދި އޭނާ ދެރަކޮށެއްވެސް ނުލާނެއެވެ. (އެ ަބހީ ނިމެތިކޮށެށް ވެސް ނުލާނެއެވެ.)" އެ ހަދީޘްގައިވެއެވެ.
ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާގައި ބުނެފައި ވަނީ އެ މަތިވެރިކަމަކީ މުސްލިމު އަހާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫން ކަމަށެވެ. އަދި މަރުވުމަށްފަހުވެސް އެ ދެންނެވި އިހްތިރާމު ދެމި އޮންނަ ކަމަށް ފަތުވާގައިވެއެވެ.
"ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެކެވެ،" ފަތުވާގައި ބުނެފައިވެއެވެ.
އެކަމަށް ދަލީލު ދެއްކުމަށް ތިން ހަދީޘެއް ބަޔާން ކޮށްފައިވެސްވެއެވެ. އަދި އެއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ