މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން ނިޔާވެފައި ވަނީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅުކަން އެނގިއްޖެއެވެ.
މި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 20:30 ހާއިރު ކަމަށެވެ. އެނގިފައިވާ ގޮތުގައި ނިޔާވި ކުއްޖާ އަކީ ތޭރަވާ އަދި އަޝްފާގެ ދަރިފުޅު އަލްސަން މުހައްމަދެވެ.
މި އެކްސިޑެންޓުގައި ދެން އަނިޔާވެފައި ވަނީ 16 އަހަރުގެ ކުޑަ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށެވެ. ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބީ 17 އަހަރުގެ ކުއްޖާ އާއި 16 އަހަރުގެ ކުއްޖާއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި