މާލެ ސަރަހައްދަށް ކަރަންޓު ދެވޭނެ މިންވަރަށް ސްޓެލްކޯގައި ގާބިލްކަން އެބަހުރި ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
ސްޓެލްކޯ އިން މިފަދައިން ބުނެފައި މިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވަނިކޮށެވެ. ނަމަވެސް އެ ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފް އިން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލިއެވެ.
އެ ހާދިސާ ހިނގިތާ ދެ ދުވަހެއްގެ ތެރޭގައި އިންޖީނު މަރާމަތު ކުރިއެވެ. އަދި މިހާރު އެ އިންޖީނު އަންނަނީ ބޭނުންވެސް ކުރަމުންނެވެ.
ސްޓެލްކޯ އިން ބުނީ ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެ ކުންފުނީގައި ހުރި ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން އެ ކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް ކަމަށް ވެސް ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ